މަސައްކަތް
ނަންބަރު: GS153/IUL/2016/31
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 31 އޮކްޓޫބަރު 2016 10:30
ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ސިންގަލްފޭސް ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރަން

އދ. ހަންޏާމީދޫ ސްކޫލަށް ތްރީފޭސް ކަރަންޓް ލުމާބެހޭ

2017ވަނަ އަހަރުގެ ދިރާސީއަހަރު ފެށުމުގެ ކުރިން، މި ސްކޫލަށް މިހާރު ލިބެމުންދާ ސިންގަލްފޭސް ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، ތްރީފޭސް ކަރަންޓް ސްކޫލަށް ލިބޭނޭގޮތް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ވަނަ އަހަރު އޮކްޓޫބަރުމަހުގެ 31 ވާ ހޯމަދުވަހުގެ 10:30 އަށް

2016 ވަނަ އަހަރު ނޮވެންބަރުމަހުގެ 14 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6680837 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016