ވަޒީފާގެ ފުރުޞަތު
ނަންބަރު: GS04 / Iu / 2016 / 043
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 30 އޮކްޓޫބަރު 2016 13:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާ އޮތް އޮފީސް: ތ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ތ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި، ، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މުސާރަ

ސަރވިސް

އެލަވަންސް

ޕްރީ ސްކޫލް

އެސިސްޓެންޓް ޓީޗަރ

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ  މަސައްކަތްކުރުމުގެ

ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ

އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'

ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް

ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން

ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަހަކު

-/3،565

ރުފިޔާ

މަހަކު

-/1،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު

ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4،000

ރުފިޔާ

މަހަކު

-/1،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު

ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4،465

ރުފިޔާ

މަހަކު

-/1،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް

ޓީޗަރ 4

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ

އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން

ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ  ރޮނގުން  ސެޓުފިކެޓު

ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/5،020

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

މަހަކު

-/5،610

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން.

މަހަކު

-/6،295

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7،035

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7،875

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.       

އިންޓަވިއު ކުރުން:

ހ. އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ތާރީޚަކީ، 2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދޭ ފޯމު (ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6780015 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016