ޢާންމު މަޢުލޫމާތު
ނަންބަރު: 23(IUL)182/FCD/2016/
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމާބެހޭ

އިޢުލާން

ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑު ކަމަށްވާ "ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމުގެ ޤައުމީ މިންގަނޑު" 13 އޮކްޓޫބަރު 2016 މި ތާރީޚުގައި ވަނީ މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެވެ. އަދި މި ތާރީޚުގެ ފަހުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނީ މި މިންގަނޑަށް ކަމުގައި ދަންނަވަމެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޜަންގެ 3014305 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 އޮކްޓޫބަރު 2016