ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 182 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާ ބެހޭގޮތުން ގަވާއިދެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/70 (27 ސެޕްޓެންބަރު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރެއްވުން |
27 އޮކްޓޫބަރު 2016 |
ބުރާސްފަތި |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުއްވުން |
09 ނޮވެންބަރު 2016 |
ބުދަ |
11:00 (މެންދުރުކުރި) |
17 މުޙައްރަމް 1438