ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)299/299/2016/59
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 30 އޮކްޓޫބަރު 2016 12:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ބީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާބެހޭ

އިޢުލާން

ޒޯން ބީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާބެހޭ:

ޒޯން ސީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، އެކަމަށް އެދި މި އިދާރާއަށް ސިޓީ ހުށަހެޅުން އެދެމެވެ.

ޝަރުޠު:

- ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަނުގެ ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުމާއި، ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައި ނުވުން.

- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

- އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދޫކުރި ތާރީޚުން ފެށިގެން 5 އަހަރުދުވަސް ވެފައިވާ، އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސްގެ އަސްލާއި ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ސެޓުފިކެޓު.

‏15‏ މުޙައްރަމް‏ 1438

16 އޮކްޓޫބަރު 2016