ވަޒީފާގެ ފުރުޞަތު
ނަންބަރު: JS-A/2016/35
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 26 އޮކްޓޫބަރު 2016 14:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

04

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

ސްކޫލް ތެރެ ސާފުކުރުމާއި، އެކިއެކި ކަންކަމަށް ގޮޑިފަދަ ތަކެތި ޖަހަން ޖެހިއްޖެނަމަ ގޮޑިޖެހުމާއި، ފާޚާނާއާއި ކިލާސް ރޫމް ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން

ކުލެސިފިކޭޝަންއަދި ރޭންކް :

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް

އެސް އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުތު

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްގެ ސައިޓުންވެސް ޑައުންލޯޑު ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިޔަންކިޔަން ދަންނަ ކަމުގައި ބަޔާންކޮށްފައިވާ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ، (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަރވިއުކުރުން ޖަމާލުއްދީން ސްކޫލްގައި އޮންނާނެއެވެ. އިންޓަރވިއު ކުރިއަށްގެންދެވޭނީ 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައެވެ.

* އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، މި ސްކޫލްގެ އޮފީހަށެވެ. ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިންނެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ގުޅުއްވާނީ ނަންބަރު 3011773 ފޯނާއެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ބަލާނީ، މަސައްކަތުގެ ތަޖުރިބާއާއި ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތަކަށެވެ. 

16 އޮކްޓޫބަރު 2016