ކުއްޔަށް ހިފުން
ނަންބަރު: (IUL)167-PR/1/2016/59
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 24 އޮކްޓޫބަރު 2016 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދޯއްޏެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ދޯންޏެއް ކުއްޔަށް ހިފުމާބެހޭ:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ.މާފުށީ ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި، އެ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މުދާ އުފުލުމަށް މާލެއާއި، މާފުށްޓާ ދޭތެރޭގައި ދަތުރުކުރާނެ ދޯންޏެއް ކުއްޔަށް ހިފުމަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)167-CC/PR/1/2016/55  އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިން ފަރާތުން ހާޒިރުވެފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

24 އޮކްޓޫބަރު  2016

ހޯމަ

14:00

އަންދާސީހިސާބު ހުށަހެޅުން

31 އޮކްޓޫބަރު  2016

ހޯމަ

14:00

15  މުޙައްރަމް 1437

17 އޮކްޓޫބަރު 2016