މަސައްކަތް
ނަންބަރު: 123-A/IUL/2016/41
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 23 އޮކްޓޫބަރު 2016 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މިކޮމިޝަންގެ 2 ވަނަ ފަންގިފިލާގެ ބައެއް މަރާމާތު ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކޮމިޝަން ހިންގާ ހުރަވީ ބިލްޑިންގގެ 2 ވަނަ ފަންގިފިލާގެ ބައެއް މަރާމާތުކޮށް ޕާޓިޝަންތަކާއި ކޮޓަރިތަކަށް ބައެއް ބަދަލު ގެނައުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: 123-A/IUL/2016/24  އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ ބިޑް އެކަށީގެންވާ ވަރަށް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 14:00 އަށް މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016