ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)242/242/2016/45
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 24 އޮކްޓޫބަރު 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެކްޗަރުން ހޯދުމާ ބެހޭ

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މި އިދާރާގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ، ފައިނޭންޝަލް މެނޭޖްމަންޓް ފޮރ އެގްރި ފިޝަރީޒް އެންޑް ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމުގެ މޮޑިއުލްތައް ނަގައިދޭނެ ލެކްޗަރުން ހޯދުމާބެހޭ

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މި އިދާރާގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ، ފައިނޭންޝަލް މެނޭޖްމަންޓް ފޮރ އެގްރި ފިޝަރީޒް އެންޑް ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމުގެ މޮޑިއުލްތައް ކިޔަވައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، ތިރީގައި މިދަންނަވާ މޮޑިއުލްތައް ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މޮޑިއުލް ނަގައިދޭނެ އަގަކާއި، ސީވީ އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 2016 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • ކޮމިޔުނިކޭޝަން 
  • ފައިނޭންޝަލް މެނޭޖްމަންޓް
  • ސޭވިންގ
  • ސޭލްސް މެނޭޖްމަންޓް
  • ޕްރޮޑަކްޝަން މެނޭޖްމަންޓް
  • ވޯޓަރސް އެޑިޔުކޭޝަން
  • ޤާނޫނުން ބާރުލިބިދޭ ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިންމުކަން
  • ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ދޭ ޚިދުމަތް ކުރާނެ ގޮތް
  • ވަޒީފާއަށް މީހުން ނެގުމާއި ކުރިއެރުވުމަށް ކުރެވޭ ކަންކަން

އަދި ދަންނަވަމެވެ. މޮޑިއުލްތަކަށް އަގު ހުށަހެޅުއްވުމުގައި ކޮންމެ މޮޑިއުލްއަކަށް ވަކިން އަގު ހުށަހެޅުއްވުމަށް ވެސް ދަންނަވަމެވެ.  މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7781571 އަށް ގުޅުއްވުން އެދެމެވެ.

12 މުޙައްރަމް 1438  

13 އޮކްޓޫބަރު 2016