ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/IUL/2016/38
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 20 އޮކްޓޫބަރު 2016 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ސްކޫލުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ.އެސް 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ޑިވިޜަން:

އިދާރީ، އިންނަމާދޫ ސްކޫލް

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ އަސާސީ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

:މައިގަނޑު މަސައްކަތްތައް

  1. ސްކޫލުގެ ބަޖެޓް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، މެނޭޖް ކުރުމާއި، ބަޖެޓާ ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމަކޮށް ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަޝްވަރާގެ މަތިން، އެތަކެތި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، ރައްކާތެރިކަމާއެކު އެލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  2. ސްކޫލުގެ ތިޖޫރި ރިޕޯޓު، އެކައުންޓް އަދި ފަންޑުތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، އެ ތަކެތީގެ ރިޕޯޓުތައް ތައްޔާރުކޮށް ފައިލުކޮށް ރަނގަޅަށް ބެލެހެއްޓުން.
  3. ސްކޫލަށް ހޯދަން ބޭނުންވާ މުދަލާއި، ޚިދުމަތަށް ބޭނުންވާ އޯޑަރު ފޯމާއި، ކޯޓޭޝަނާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެފަދަ ލިޔެކިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. ސްކޫލަށް ލިބޭ ފައިސާގެ ރަސީދު ތައްޔާރުކުރުމާއި، ބިލުތައް ބިލް އެންޓްރީއަށް އެންޓަރ ކުރުމާއި، ބިލުތަކަށް ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބިލުތަކަށް ފައިސާ ދެއްކުން. އަދި އެފަދަ ލިޔެކިޔުންތަކުގެ ރިކޯޑު ރަނގަޅަށް ބެލެހެއްޓުން.
  5. ސްކޫލަށް ލިބޭ، އަދި ސްކޫލުން ދޫކުރާ ފައިސާގެ ޗެކުތަކާއި، ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ވައުޗަރުތަކާއި، އެތަކެތީގެ ރަޖިސްޓަރީއާއި، ޗެކުތަކުގެ ރަޖިސްޓަރީތައް ބަރާބަރަށް ލިޔެ އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.
  6. ސްކޫލުން ބާއްވާ ބިޑު އިވެލުއޭޝަންތަކާއި، ބަޖެޓާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގައި ސްކޫލުގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ބައިވެރިވެ އެހީތެރިވެދިނުން.
  7. ސްކޫލުން ފަރާތްފަރާތަށް ފައިސާ ދެއްކުމަށާއި/ ބޭންކުން ފައިސާ ނެގުމަށް ލިޔަންޖެހޭ ޗެކުތައް ލިޔެ، އެ ޗެކުތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވުން.
  8. ސްކޫލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް ފައިސާ މަހުންމަހަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.
  9. ސްކޫލުން ބޭންކަށް ޖަމާކުރާ ފައިސާއާއި، އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއްކޮށް އެފަރާތްތަކަށް ފައިސާ ދެއްކުނުކަން ކަށަވަރުކުރުމާއި، އެފަދަ މުޢާމަލާތްތަކުގެ ރިކޯޑު ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން
  4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން.

އުޖޫރައާއިއިނާޔަތް ތައް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު އިންނަމާދޫ ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ ޕޮއިންޓު ލިބޭ ފަރާތަށް ވަޒީފާ ހަމަޖައްސަވައިދެއްވުން އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580359 ނަންބަރު ފޯނާއެވެ.   

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016