ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ސާވިސް ސަޕޯޓް ޓެކްނިޝަން / ގރ. 1
އަދަދު: 2
މުސާރަ: މަހަކު -/4940 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސާރވިސް ސެންޓަރ
އެހެނިހެން ޢިނާޔަތްތައް:
-
އިތުރު އެލަވަންސްގެގޮތުގައި -/2000ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
-
ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.
-
އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
-
ޕްރޮބޭޝަން ހަމަވުމުން ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
-
މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
-
އެއާރ ކޮންޑިޝަނިންގއާއި ރެފްރިޖެރޭޝަންގެ މަސައްކަތްތައް ކުރުން
-
އެއާރ ކޮންޑިޝަނިންގއާއި ރެފްރިޖެރޭޝަންގެ ޕްރޮޖެކްޓްތައް ސުޕަވައިޒް ކުރުން
-
އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން
ތަޢުލީމާއި ތަޖުރިބާ:
- ރެފްރިޖެރޭޝަން އެންޑް އެެއާރ ކޮންޑިޝަނިންގއިން އެޑްވާންސް/ޑިޕްލޮމާ ސެޓްފިކެޓެއް އޮތުން ނުވަތަ މަގާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާހުރުން
އެހެނިހެން ހުނަރު:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
- ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]