ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/240
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 20 އޮކްޓޫބަރު 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯއަށް ލޯޔަރެއް ބޭނުންވެއްޖެ

 އިޢުލާން

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ލޯޔަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސަޓިފިކެޓުތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ

މަސައްކަތް ކުރަންޖެހޭ ތަން: ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް / އެސްޓީއޯ ހެޑް އޮފީސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް:-/3500ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެ

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)  

މަޤާމުގެ މަސްއޫލިއްޔަތު:

* ކުންފުންޏަށް ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާދިނުން

* އެގްރީމަންޓް ތައްޔާރުކުރުމާއި އެއަށް ބޭނުންވާ ލަފާދިނުން

* ޝަރުޢީ ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުުމާއި ތަޙުޤީޤީ އިދާރާތަކުގައި ކުންފުނި ތަމްސީލުކުރުން

ތަޢުލީމާއި ތަޖުރިބާ:

* ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

* ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އޮންނަ ފަރާތެއް ކަމުގައިވުން

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)

  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.

  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.

  • ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، މިކަންކަމަށް އިސްކަންދީގެން އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ސިވިލް ސަރވިސް/ސަރުކާރަށް ޚިދުމަތް ކުރުމަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް

  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

  • ފޯން: 3344261 ވެބްސައިޓު: www.sto.mv

16 އޮކްޓޫބަރު 2016