ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)URH/2016/26
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 25 އޮކްޓޫބަރު 2016 12:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާން

ރ.ވާދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމުގެ ނަން:

ތަރުޖަމާން

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ

ޑިވިޝަން/ ސެކްޝަން:

އެޑްމިން ޑިވިޝަން

މަޤާމު އޮތް ތަން

ރ.ވާދޫ ޞިއްޙީމަރުކަޒު

އިތުރު ޢިނާޔަތްތައް:

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަލިމީހާ ޑޮކްޓަރަށް ހުށަހަޅުއްވާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުއްވައިދެއްވުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގައިދިނުމަށް ވިދާޅުވާ ކަންތައް ބަލިމީހާއަށް އަންގައިދިނުން
  2. އިމަރޖެންސީ ހާލަތްތަކުގައި މަރުކަޒު ހުޅުވުމާއި ބަންދުކުރުން.
  3. ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގައާއި އަދިވެސް މިފަދަ ކަންކަމުގައި އެހީތެރިވުން.
  4. ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް ހަމަކޮށްދިނުން.
  5. ބަލިމީހުންގެ މަޢުލޫމާތުތައް ރަނގަޅަށް ޗެކްކޮށް ރަޖިސްޓަރީކުރުން.
  6. މެޑިކަލް ރެކޯޑްސް ނުވަތަ ރިޕޯޓް ތައްޔާރު ކޮށްދިނުމުގައި އެހީތެރިވުން.
  7. ބަލިމީހުން ރިފަރކުރާއިރު އޯ.ޕީ.ޑީ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  8. އެންސީޑީ ރެކޯޑު ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި އުޅެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.          

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

  1. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން
  4. ޖިސްމާނީ އަދި ނަފުސާނީ ޤާބިލުކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓްސައިޒްގެ ފޮޓޯއާއެކު (ފޯމު ރ.ވާދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅާނީ، ރ. ވާދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 12:00 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ، 2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި ރ. ވާދޫ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6580399 އެވެ.

16 މުޙައްރަމް 1438      

17 އޮކްޓޫބަރު 2016