ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- ސްކޫލުގެ އެކި ތަންތަނުގައި ހަލާކުވެފައި ހުރި ކާޓެއިންތަކާއި، ބްލައިންޑްތައް މަރާމަތުކުރުން.
2- ސްކޫލުގެ ކޮމްޕައުންޑުގެ ލައިޓްތައް ބަދަލުކުރުން.
3- ކޮރިޑޯތަކަށް ފެން ވިއްސާ މައްސަލަ ޙައްލުކުރުމަށް ކޮރިޑޯތަކުގައި އަސްކަނި ލައި ހިޔާކުރުން.
4- ލައިބްރަރީ ބޮޑުކުރުން.
5- ލީޑިންގ ޓީޗަރސްރޫމް ކޮރިޑޯ ހިޔާކޮށް ދޮރުކަނޑައި ދޮރު ހަރުކުރުން.
6- ކުނި ބަހައްޓާ ތަނެއް ހެދުން.
ވީމާ، އަމިއްލަ ތަކެތީގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
މަޢުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުން |
1- ސްކޫލުގެ އެކި ތަންތަނުގައި ހަލާކުވެފައި ހުރި ކާޓެއިންތަކާއި، ބްލައިންޑްތައް މަރާމާތުކުރުން. |
2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ ހެނދުނު 9:00 ގައި |
2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ ހެނދުނު 9:00 ގައި |
2- ސްކޫލުގެ ކޮމްޕައުންޑުގެ ލައިޓްތައް ބަދަލުކުރުން. |
2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައި |
2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި |
3- ކޮރިޑޯތަކަށް ފެން ވިއްސާ މައްސަލަ ޙައްލުކުރުމަށް ކޮރިޑޯތަކުގައި އަސްކަނި ލައި ހިޔާކުރުން. |
2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:30 ގައި |
2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:30 ގައި |
4- ލައިބްރަރީ ބޮޑުކުރުން. |
2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 ގައި |
2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ ހެނދުނު 9:00 ގައި |
5- ލީޑިންގ ޓީޗަރސްރޫމުގެ ކޮރިޑޯ ހިޔާކޮށް، ދޮރު ކަނޑައި، ދޮރު ހަރުކުރުން. |
2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 ގައި |
2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައި |
6- ކުނި ބަހައްޓާ ތަނެއް ހެދުން. |
2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:30 ގައި |
2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:30 ގައި |
10 މުޙައްރަމް 1438