މަސައްކަތް
ނަންބަރު: (IUL)320-FNP/320/2016/69
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 18 އޮކްޓޫބަރު 2016 13:45
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަސްޖިދުލްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ ސީލިންގ މަރާމާތުކުރުމާބެހޭ

މިރަށު މަސްޖިދުލްސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 320-FNP/320/2016/5 (4 ސެޕްޓެންބަރު 2016) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެނުކުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ޕްރޮޕޯޒަލް ހުށަހެޅުން

2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:45

2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:45

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ އެމީހަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޛަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މުޙައްރަމް 1438

12 އޮކްޓޫބަރު 2016