މަސައްކަތް
ނަންބަރު: (IUL)257/257/2016/76
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 18 އޮކްޓޫބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް މަރާމާތުކުރުމާއި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގެ މަސްޖިދުލްޢަމަލު މިސްކިތް މަރާމާތުކުރުމާއި، ކުލަލުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00 އަށް މަސްޖިދުލްޢަމަލު މިސްކިތުގެ ގޯތިތެރެއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 25 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މަސައްކަތް ކޮށްދެވޭނެ އަގު ބަޔާންކޮށް އަންދާސީހިސާބު، ބާރަށު ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވާ ފަރާތެއްކަން އެނގޭނޭ ލިޔުމެއް ހިއްޕަވައިގެން ހާޒިރުވެވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި މަސައްކަތް ކުރުމަށްޓަކައި މި އިދާރާއިން ކުރި ނަންބަރު: (IUL)257/257/2016/67 (26 ސެޕްޓެންބަރު 2016) އިޢުލާނަށް ތިން ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016