ވަޒީފާގެ ފުރުޞަތު
ނަންބަރު: 25-A5/REF/2016/23
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 24 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ތަމްރީނު ހޯދުމަށް މަސައްކަތުގެ ފުރުޞަތު

އިޢުލާން

މިނިސްޓްރީ އޮފް ފޮރިންއެފެއާޒުގެ މަސައްކަތަށް އަހުލުވެރިވެ ތަމްރީން ހޯދުމުގެ ފުރުޞަތު، ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަޤުޞަދަކީ ފޮރިން ސާވިސްގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އެ ފުރުސަތު ހުޅުވާލުމެވެ. އަދި ބައިނަލްއަޤްވާމީ ދާއިރާގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ހުޅުވާލުމެވެ.

މިކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި ސިފަތައް ތިރީގައި މިވަނީއެވެ.

- މި ތަމްރީނުގައި އުޅޭ ދުވަސްވަރު ފޮރިން އެފެއާޒުން މުސާރައެއް ނުވަތަ އުޖޫރައެއް ނުލިބޭނެއެވެ.

- މި ތަމްރީނު ފުރަތަމަ ހުޅުވައި މިލަނީ 3 މަސްދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެއް އަހަރުދުވަހުގެ މުއްދަތަށްވެސް މުއްދަތު އިތުރުކުރެވިދާނެއެވެ.

- މި ތަމްރީނުގައި ބައިވެރިކުރެވޭނީ، މިކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން، ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ފުރިހަމަކުރަމުންދާ ނުވަތަ ޖީ.ސީ.އެސް.އީ އެޑްވާންސްޑް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.

- މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރާ އުމުރުފުރައަކީ 18 އަހަރާއި 30 އަހަރާ ދެމެދެވެ.

- މީހުން ހޮވާނީ ލިބިފައިވާ ސަނަދާއި، ހުނަރާއި، މިނިސްޓްރީގެ ބޭނުމަށް ފެތޭތޯ ބެލުމަށްފަހުއެވެ.

- މިކަމަށް އެކަށީގެންވާ ކަމަށް ފެންނަ މީހުންނާއި ވަކީން އިންޓަވިއު ކުރެވޭނެއެވެ.

މަތީގައިވާ ޝަރުުޠުތައް ފުރިހަމަވެފައިވާ މީހުން، އެ މީހެއްގެ ސީ.ވީ. އާއެކު 2016 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުވާނަމަ، ފޮނުއްވާނީ [email protected] އަށެވެ.

16 އޮކްޓޫބަރު 2016