ޢާންމު މަޢުލޫމާތު
ނަންބަރު: (ILU)14-VD/01/2013/43
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 18:17
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޑިއުޓީ މާފުކުރުމަށް އެދޭ ފޯމު

އެކި ހާލަތްތަކުގައި ޑިއުޓީ މާފުކުރުމަށް އެދި މިހާރު ހުށަހަޅާ ސިޓީގެ ބަދަލުގައި ހުށަހެޅުމަށް، ޑިއުޓީ މާފުކުރުމަށް އެދޭ ފޯމެއް ތަޢާރަފުކޮށްފީމެވެ.

ވީމާ، 15 ސެޕްޓެމްބަރ 2013 އިން ފެށިގެން ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކަށް އެކުންފުނިތަކާއއެކު ކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރިމެންޓްގެ ދަށުން ޑިއުޓީ މަޢާފްކުރުމުގެ އިނާޔަތް ލިބިފައިވާ ފަރާތްތަކާއި، އެހެނިހެންގޮތްގޮތުން ސަރުކާރުގެ އެކިއެކި އިދާރާތަކުން ޑިއުޓީމާފު ކޮށްދެއްވާ ފަރާތްތަކުން މުދާ ކްލިއަރ ކުރުމަށް ހުށަހަޅާ ގުޑްސް ޑިކްލަރޭޝަން އާއި އެހެނިހެން ލިޔުންތަކާއެކެ މިފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވަމުން ގެންގެވުމަށް ދެންނެވީމެވެ. މިފޯމް ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv/en/downloads   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

24   ޝައްވާލް   1434

31 އޮގަސްޓް 2013