ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގައި އެޗް.އާރ. ސިސްޓަމް އިންސްޓޯލް ކުރުމާބެހޭ
މި ކައުންސިލް އިދާރާގައި އެޗް.އާރ. ސިސްޓަމް ސޮފްޓްވެއަރ އިންސްޓޯލް ކުރުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދޭނެ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ ހަމަ އެދުވަހުގެ ހެނދުނު 10:00 އިން 10:30 އާދެމެދު މި އިދާރާގެ ނަންބަރު 6820027 / 7450301 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ނުވަތަ ކަނޑައެޅިފައިވާ ގަޑީގައި ދެންނެވިފައިވާ ނަންބަރުތަކަށް ގުޅައި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.