ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) /GS-02/2016/1010
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 25 އޮކްޓޫބަރު 2016 14:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2017 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

ޢިއުލާން

2017 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް:

2017 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ. އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޖާގަ ދިނުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން 7 ކްލާސް ހަމަވަންދެންނެވެ.

  • 2016 ވަނަ އަހަރު އެލް.ކޭ.ޖީ. އަށް ވަދެވޭނީ މީލާދީގޮތުން 31 މާރިޗު 2017 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ.
  • 2016 ވަނަ އަހަރު ޔޫ.ކޭ.ޖީ. އަށް ވަދެވޭނީ މީލާދީގޮތުން 31 މާރިޗު 2017 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނަށެވެ.

ވީމާ، 2016 އޮކްޓޫބަރު 16 ވާ އާދީއްތަ ދުވަހުން ފެށިގެން ސްކޫލް އޮފީހުން ފޯމު ނެންގެވުމަށްފަހު، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އާ ދެމެދުގައެވެ.

13 އޮކްޓޫބަރު 2016