ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)311/311/2016/74
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 19 އޮކްޓޫބަރު 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ:

ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)311/311/2016/71 (03 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

  • 1 ސޯފާސެޓް
  • 2 ބައިސްކަލް
  • 50 ޕްލާސްޓިކް ގޮނޑި
  • 2 އަލަމާރި
  • 1 ކަރަންޓް ކީސް
  • 2 ބަރޯ

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރީ ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 މުޙައްރަމް 1438

12 އޮކްޓޫބަރު 2016