ވަޒީފާގެ ފުރުޞަތު
ނަންބަރު: NIC/2016/02
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 20 އޮކްޓޫބަރު 2016 14:00
ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރކަމުގެ މަޤާމަށް މީހަކު ބޭނުންވެގެން ކޮށްފައިވާ NIC/2016/10 (29 ސެޕްޓެންބަރު 2016) ނަންބަރުގެ އިޢުލާނުގައި ލިވިންގ އެލަވަންސް ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާނުކުރީމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/4,465 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

* ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 ހަމަޖެހިފައިވާ އުސޫލުން ލިބޭނެ.

* ލިވިން އެލަވެސްގެގޮތުގައި މަހަކު -/2550 ރުފިޔާ ލިބޭނެ.

* ސަރވިސް އެލަވަންސް ގޮތުގައި މަހަކު -/1500 ރުފިޔާ ލިބޭނެ.

* އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލު ސެޓިފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ލިބިފައިވުން. ނުވަތަ؛

2. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް:

* ކޯޓުގެ މުވައްޒަފުންގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

* އިދާރީގޮތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖު ފަދަ ތަކެތި ތައްޔާރުކުރުމަށްފަހު ހަވާލުކުރުމާއި، މުވައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކޮށް ފޮނުވުން.

* ފައިސާއާ ގުޅޭ ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓުގެ އެކައުންޓް ބެލެހެއްޓުން.

* ކޯޓަށް ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި، މަހުން މަހަށް ބޭންކަށް ޖަމާކުރުމާއި، އަހަރަކު ދެފަހަރު ދައުލަތުގެ އާމްދަނީ އެކައުންޓަށް ގަވާއިދާ އެއްގޮތަށް އާމްދަނީ ފައިސާ ޖަމާކުރުން.

* ކޯޓުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އިދާރީ ކަންކަމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

* ކޯޓަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން.

* އިދާރީ ކަންކަމާ ގުޅޭ އެންމެހައި ލިޔުންތަކާއި ފޮތްތައް ބެލެހެއްޓުން.

* ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ) އަސްލު ކޮޕީ.

* ވަޒީފައެއްގައި އުޅެފައިވާނަމަ، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑު ޖެހި ލިޔުމެއް.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

* ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

* ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސުންގަޑި:

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި  ދުވަހުގެ 14:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

* މި ވަޒީފާއަށް ކުރިމަތިލެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.

* މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

* ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެއެވެ.

* އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780556 ނަންބަރު ފޯނަށެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016