މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/202
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 27 އޮކްޓޫބަރު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޑިޒައިންކޮށް ޢަމަލީ މަސައްކަތް ސްޕަރވައިޒް ކުރާނެ ފަރާތެއް ހޯދުމާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

 1. ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައިވާ ތާވަލުގައި ހިމެނޭ ރަށްތަކުގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި މަޝްރޫޢުގެ ޑިޒައިންގގެ މަސައްކަތްކޮށް، ޢަމަލީ މަސައްކަތް ސްޕަރވައިޒް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-K1/13/2016/170 އަދި (IUL)13-K1/13/2016/171  އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން ވަނީ ބާޠިލުކުރެވިފައެވެ.

ޕްރޮޖެކްޓު ނަންބަރު

ޕްރޮޖެކްޓުގެ ނަން

TES/2016/C-019

ހއ.އުތީމު، ހއ.މުޅަދޫ، ހއ.މުރައިދޫ، ހއ.އުލިގަމު، ހއ.މާރަންދޫ، ހއ.ފިއްލަދޫ، ހދ.ފިނޭ، ހދ.ކުރިނބީ، ހދ.ނޭކުރެންދޫ، ހދ.ހިރިމަރަދޫ، ށ.ފޭދޫ، ށ.ނަރުދޫ، ށ.ފީވަށް، ށ.ޅައިމަގު އަދި ށ.ނޫމަރާގައި ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

TES/2016/C-020

ށ.ބިލެތްފަހި، ށ.ފުނަދޫ، ނ.މަގޫދޫ، ނ.ހެންބަދޫ، ނ.ޅޮހީ އއ.ހިމަންދޫ، އއ.ބޮޑުފުޅަދޫ، އއ.މަތިވެރި، އދ.ކުނބުރުދޫ، އދ.ދިގުރަށް، މ.ރަތްމަންދޫ، މ.ވޭވަށް، މ.ނާލާފުށި، ދ.ބަނޑިދޫ އަދި ދ.މީދޫ ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

TES/2016/C-021

ދ.ހުޅުދެލި، ތ.ވަންދޫ، ތ.ގާދިއްފުށު، ތ.އޮމަދޫ، ތ.ކަނޑޫދޫ، ތ.ކިނބިދޫ، ތ.ދިޔަމިގިލި، ގއ.ނިލަންދޫ، ގއ.މާމެންދޫ، ގއ.ކޮޑޭ، ގދ.ނަޑެއްލާ، ގދ.ހޯޑެއްދޫ، ގދ.ފިޔޯރީ، ގދ.ރަތަފަންދޫ އަދި ގދ.ފަރެސްމާތޮޑާ ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުން

2. މި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ޕްރެލިމިނަރީ ޑިޒައިން ހެދުން، ޑީޓެއިލް ޑިޒައިން ހެދުން، ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުން، އިވެލުއޭޓު ކުރުން، ކޮންޓްރެކްޓު ނެގޯޝިއޭޓު ކުރުން، ކޮންޓްރެކްޓު މެނޭޖްމަންޓާއި، ކޮންޓްރެކްޓު އެގްރީމަންޓު ތައްޔާރުކުރުމާއި، ތާވަލުގައިވާ ރަށްތަކުގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ޑިޒައިންކުރުމުގެ މަސައްކަތް ކުރުމާއި، ޢަމަލީ މަސައްކަތް ސްޕަރވައިޒް ކުރުން ހިމެނެއެވެ. މި މަސައްކަތުގެ މުއްދަތަކީ 30.5 މަސްދުވަހެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓު ފޯރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރު 2016 އިން 27 އޮކްޓޫބަރު 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި ދަޢުވަތުގެ 6 ވަނަ ނަންބަރުގައިވާ އެޑުރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރ ކޮށްދެވޭނެއެވެ. މި މަސައްކަތުގެ އާރް.އެފް.ޕީ މި މިނިސްޓްރީގެ ވެބް ސައިޓު www.finance.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

5. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 17 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑުރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

6. ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހު 1100 ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.        

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603349106+، 9603349101+

އީމެއިލް އެޑްރެސް: [email protected]

           [email protected] 

13 އޮކްޓޫބަރު 2016