ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/466
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2013
ޕަބްލިޝްކުރި ގަޑި: 18:10
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

މި ކޮމިޝަންގެ ނަންބަރު  (A)CA-2013/244(24 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

2013 ސެޕްޓެމްބަރ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގައިި ތ. ގުރައިދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 1 ނަންބަރު ވޯޓުފޮށްޓާއި 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

 ވޯޓުފޮށި ބަހައްޓާ ރަށް/ތަން

 

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ތ.ގުރައިދޫ

ގުރައިދޫ ރައްޔިތުންގެ ހަރުގެ

މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ރަށްދެބައިމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ގުރައިދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ތ. ގުރައިދޫ-1

N02.05.1

1

ތ.ގުރައިދޫ

ތ. އަތޮޅު މަދަރުސާ

މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ރަށްދެބައިމަގުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ   މީހުންނެވެ.

ތ. ގުރައިދޫ-2

N02.05.2

2

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                                       28 ޝައްވާލް  1434

04 ސެޕްޓެންބަރު 2013