މަސައްކަތް
ނަންބަރު: (IUL)138-PIS1/138/2016/149
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:36
ސުންގަޑި: 24 އޮކްޓޫބަރު 2016 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފ.ބިލެއްދޫ ބަނދަރުގެ ނެރު ހެދުމުގެ މަޝްރޫޢުގެ އީ.އައި.އޭގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ.ބިލެތްދޫ ބަނދަރުގެ ނެރުހެދުމުގެ މަޝްރޫޢުގެ އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)138-PIS1/1/2016/199 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތާ ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  އިން ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.

މި މަސައްކަތާބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004110  ފެކްސް:3004301

އީ-މެއިލް: [email protected]

13 އޮކްޓޫބަރު 2016