ވަޒީފާގެ ފުރުޞަތު
ނަންބަރު: GS179/IUL/2016/12
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 23 އޮކްޓޫބަރު 2016 14:00
ވަންދޫ މަދަރުސާ/ ތ.ވަންދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ (އެލްކޭޖީ، ޔޫކޭޖީ ޓީޗަރ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: 

ޕްރީސްކޫލް ޓީޗަރ (އެލްކޭޖީ، ޔޫކޭޖީ ޓީޗަރ)

ބޭނުންވާ އަދަދު:

1 (އެކެއް) 

މަޤާމުގެ ގިންތި:

1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް

ސަރވިސް: ޕްރޮފެޝަނަލް އޭ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ ނުވަތަ މަހަކު -/2،500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ވަންދޫ މަދަރުސާ / ތ. ވަންދޫ

މުސާރަ:

1. ޓީޗިންގ ސަރވިސް އޮފިސަރ 1 ގެ ޝަރުޠު ހަމަނުވެ، ޖީސީ އޯލެވެލް އިމްތިޙާނުގައި 1 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވާނަމަ، މަހަކު -/4000 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް ނަގާ ޕީރިއަޑަކަށް ފައިސާދޭ އުސޫލުން.

2. ޓީޗިންގ ސަރވިސް އޮފިސަރ 1 ގެ ޝަރުޠު ފުރިހަމަވާނަމަ، މަހަކު -/5020 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް ނަގާ ޕީރިއަޑަކަށް ފައިސާދޭ އުސޫލުން.

3. ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ފުރިހަމަވާނަމަ، މަހަކު -/5610 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް ނަގާ ޕީރިއަޑަކަށް ފައިސާދޭ އުސޫލުން.

4. ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ފުރިހަމަވާނަމަ، މަހަކު -/6295 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް ނަގާޕީރިއަޑަކަށް ފައިސާދޭ ދޭއުސޫލުން.

5. ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ފުރިހަމަވާނަމަ، މަހަކު -/7035 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް ނަގާޕީރިއަޑަކަށް ފައިސާދޭ އުސޫލުން.

ފެންވަރު ނުވަތަ ޝަރުޠު:

- ޖީސީ އޯލެވެލުން ދަށްވެގެން ޑީފާސް ލިބިފައިވުން.

- އެސް. އެސް. އީ. އިމްތިޙާނުން ދިވެހި، އިސްލާމުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައި ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކުލާހަށްގޮސް ކިޔަވައިދިނުން.

2. ސްކީމް ހެދުމާއި، ލެސަން ޕްލޭން ހެދުމާއި، ޓީޗިން އެއިޑްސް ހެދުން.

3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާއެވެ.)

2- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތު އަޚުލާޤު ހުރިގޮތް ބަޔާންކޮށްދޭ، ވަޒީފާ އަދާކުރާ ނުވަތަ ވަޒީފާ އަދާކުރި އޮފީހުގެ ރަސްމީ ލިޔުން.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއަކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2016 އޮކްޓޫބަރު 23 ދުވަހުގެ 14:00 ގެ ކުރިން، ވަންދޫ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. 

އިންޓަވިއު:އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780574 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016