ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2016/129
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 23 އޮކްޓޫބަރު 2016 02:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލައިބްރަރީ ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް

ވަޒީފާގެ ފުރުޞަތު

ލައިބްރަރީ ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް

މި ޔުނިވަރސިޓީގެ ލައިބްރަރީ ތަރައްޤީކުރުމުގެ ނިޒާމުގެ ތެރެއިން އޮންލައިން ލައިބްރަރީ ފޯރުކޮށްދިނުމާއި ލައިބްރަރީގެ ވަސީލަތްތައް ޑިޖިޓަލައިޒްކުރުމާ ބެހޭގޮތުން ލަފަޔާއި މަޝްވާރާ ދީ، މި މަސައްކަތްތައް ކުރުމަށްޓަކައި ލައިބްރަރީ ޑިވެލޮޕްމެންޓް ކޮންސަލްޓެންޓަކު ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް މަޢުލޫމާތު ސާފުކުރުމަށް  ތިރީގައިމިވާ ލިޔުންތަކާއެކު ވަޑައިގެންދެއްވުން އެދެމެވެ.

  • ކޮންސަލްޓެންޓުގެ ޕްރޮފައިލް.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

  • މި ދާއިރާއިން ކޮށްފައިވާ ދިރާސާތައް ނުވަތަ ތަޖުރިބާތައް، މިފަދަ މަސައްކަތްތަކުގެ ތަފްސީލާއި ރިފަރެންސް ލިއުންތައް.

މަޢުލޫމާތު ސެޝަނަށް ފަހު މިކަމަށް ޕްރޮޕޯސަލް ހުށަހެޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

11 މުޙައްރަމް 1437  

 

12 އޮކްޓޫބަރު 2016