ދިވެހިރާއްޖެ
އިޢުލާން
ވަގުތީ ހަތަރު ކްލާސްރޫމަށް ފަރުނީޗަރު ހޯދުމާބެހޭ:
މި ސްކޫލުގެ ހަތަރު ކްލާސްރޫމަށް ފަރުނީޗަރު ހޯދުމަށް ކުރެވުނު ނަންބަރު: GS-107/2016/25 (26 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.
- 120 ސެކަންޑަރީ ޑެސްކު
- 120 ސެކަންޑަރީ ގޮނޑި
- 4 ވައިޓްބޯޑު
- 4 ޓީޗަރސް ޑެސްކު
- 4 ޓީޗަރސް ގޮނޑި
- 4 ކްލާސްރޫމް ކަބަޑު
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ހާޒިރުވާނަމަ، ބަދަލުގައި ހާޒިރުވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.
9 މުޙައްރަމް 1438