ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލަށް ގުދަނެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު 16/GS-204/IU/2016 ޢިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރީމެވެ.
މި ސްކޫލުގައި ގުދަނެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ، ހަމައެކަނި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުންނާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، އެފަރާތެއްގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި ފޯނު ނަންބަރު، އަންދާސިހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ. އަންދާސިހިސާބު ހުށަހަޅުއްވަން ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ.
މަޢުލޫމާތުދިނުން |
އަންދާސީހިސާބު ބަލައިގަތުން |
ތާރީޚު: 19 އޮކްޓޫބަރު 2016 |
ތާރީޚު: 26 އޮކްޓޫބަރު 2016 |
ގަޑި: 13:30 |
ގަޑި 13:30 |
ތަން: ނަޑެއްލާ ސްކޫލް |
ތަން: ނަޑެއްލާ ސްކޫލް |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.