މަސައްކަތް
ނަންބަރު: (IUL) GS118/2016/40
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 18 އޮކްޓޫބަރު 2016 13:00
ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގެ ހޯލުގައި ކްލާސްތައް ވަކިކުރަން ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS118/2016/35 (20 ސެޕްޓެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގެ ހޯލުގައި ކްލާސްތައް ވަކިކުރަން ޕާޓިޝަން ޖަހަން ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރެއްވުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6560570 / 6561807 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016