މަސައްކަތް
ނަންބަރު: GS68/2016/28
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 25 އޮކްޓޫބަރު 2016 13:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
'ބީ' ބްލޮކް' ގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާބެހޭ

އިޢުލާން

އަލިފުށީ ސްކޫލުގެ "ބީ" ބްލޮކުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާބެހޭ

މި ސްކޫލުގެ "ބީ" ބްލޮކުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS68/2016/26 (6 އޮކްޓޫބަރު 2016) އިޢުލާނު ގެޒެޓްކުރަންޖެހޭ ތާރީޚުގައި ގެޒެޓްކުރެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016