ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 450-PPPA/1/2016/29
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 30 އޮކްޓޫބަރު 2016 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު

ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު 2017 – 2021 ތައްޔާރުކުރުން) 

މަސައްކަތުގެ އަގު

ޝައުޤުވެރިވާ ފަރާތުން ޕްރޮޕޯސަލާއެކު އަގު ހުށަހެޅުމަށް

މަސައްކަތުގެ މުއްދަތު

10 ހަފުތާ

ތަޢުލީމާއި ތަޖުރިބާ

 

  1. ސޯޝަލް ސައެންސް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ޕޮލިސީ ސްޓްޑީސް، ދާއިރާއިން މާސްޓަރސް ޑިގްރީ ލެވެލަށް ތަޢުލީމު ހާސިލުކޮށްފައިވުން
  2. ސިޔާސަތު އެކުލަވައިލުމުގެ މަސައްކަތުގައްޔާއި، ސްޓެރެޓީޖިކް ޕްލޭނިންގގެ ދާއިރާގައި އަމަލީގޮތުން މަސައްކަތްކޮށް، ސިޔާސަތު، ސްޓްރެޓަޖީ، އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ ތަޖުރިބާއާއި ޤާބިލުކަންހުރުން
  3. މަލްޓި-ސްޓޭކްހޯލްޑަރ ލެވެލްގެ ވަރކްޝޮޕް ހިންގުމުގެ ތަޖުރިބާއާއި ފޯކަސް ގްރޫޕް ޑިސްކަޝަންސް ފެސިލިޓޭޓްކުރުމާއި، އިޖުތިމާޢީ ދިރާސާކުރުމުގެ މެތަޑްތަކަށް ފަރިތަވުމާއި މިކަންކަމުގެ ތަޖުރިބާ ހުރި، ޤާބިލު ފަރާތަކަށްވުން
  4. ދިވެހިބަހާއި، އިނގިރޭސިބަހުން ފަސޭހަކަމާއެކު ވާހަކަދައްކަން، ލިޔަންކިޔަން އެނގުން
  5. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެނގުން
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި، ގިނަ ބަޔަކާއެކު ގުޅިގެން މަސައްކަތްކުރުން
  7. މި މަސައްކަތާ ގުޅިގެން އަތޮޅުތަކަށް ދަތުރުކުރުމަށް އުޒުރުވެރިނުވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނޫ ތަންފީޛުކުރުމަށް 2014 ވަނަ އަހަރުން 2016 ވަނަ އަހަރަށް ހެދިފައިވާ 'މޯލްޑިވްސް ޑޮމެސްޓިކް ވަޔަލަންސް ޕްރިވެންޝަން ނެޝަނަލް ސްޓްރެޓަޖީ' ތަންފީޒުކުރެވިފައިވާ މިންވަރު މޮނިޓަރކޮށް، 2017-2021 ވަނަ އަހަރަށް ގެވެށި އަނިޔާ ހުއްޓުވުގެ ޤާނޫނު ތަންފީޛުކުރުމަށް ބޭނުންވާ ޤައުމީ ސިޔާސަތު ތައްޔާރުކުރުން.

މިގޮތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި އަދި މިނޫންވެސް ގެވެށި އަނިޔާ ހުއްޓުވުމަށް މިހާރު ބޭނުންކުރެވެމުންދާ އެކިއެކި މިންގަނޑުތަކަށް ބަލައި، އިޖްތިމާޢީ ޚިދުމަތްދޭ މުއައްސަސާތަކާއި، ޞިއްޙީ ދާއިރާ، ފުލުހުން، ޖުޑީޝަރީ، ކައުންސިލްތައް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނޫންވެސް ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން އެކުގައި މަސައްކަތްކުރާނެ ގޮތްތަކާއި، ކުރާނެ މަސައްކަތްތައް ކަނޑައެޅުން.

ނޯޓު: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ޓީ.އޯ.އާރު ތިރީގައި މިވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

https://www.dropbox.com/s/xng5kom22qzrazn/TOR-%20DVPNS%202017Final.pdf?dl=0

މި ކޮންސަލްޓަންސީއަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު  ހުށަހަޅަންވާނެއެވެ.

1- ކޮންސަލްޓަންސީއަށް ކުރިމަތިލާކަމުގެ ސިޓީ

2- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ (އެޓެސްޓްކޮށްފައިވާ) ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ

3- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް

4- ކޮންސަލްޓަންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ކޮންސަލްޓަންސީއަށް އެދޭފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)

ނޯޓު:

- މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މި ކޮންސަލްޓަންސީއަކީ ކޮންޓްރެކްޓް އުސޫލުން 10 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީއެކެވެ.

- ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަނާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށެވެ.

މި ކޮންސަލްޓަންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯސަލާއި، މަތީގައި ބަޔާންކުރެވިފައިވާ ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް 2016 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

11 އޮކްޓޫބަރު 2016