މަސައްކަތް
ނަންބަރު: (iu)GS99/2016/20
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 20 އޮކްޓޫބަރު 2016 11:00
ފިނޭ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

1. ފާޚާނާތަކުގެ އިކްއިޕްމެންޓް ބަދަލުކުރުން

2. ސީލިންގ ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުން

3. މިހާރު ބޭނުންކުރަމުންދާ ފާޚާނާ ދެބައިކޮށް ދެ ފާޚާނާ ހެދުން

ސުކޫލުންދޭ މަޢުލޫމާތާއި ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ސިޓީއަކުން ބަޔާންކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށް މި ސުކޫލުގެ ނަންބަރު 6520539 ފޯނަށް ގުޅުއްވުން އެދެމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

11:00

ބުރާސްފަތި

20 އޮކްޓޫބަރު 2016

މަޢުލޫމާތު ސާފުކުރުން

11:00

ބުރާސްފަތި

27 އޮކްޓޫބަރު 2016

އަންދާސީހިސާބު ހުށަހެޅުން

13 އޮކްޓޫބަރު 2016