މަސައްކަތް
ނަންބަރު: (IUL)GS118/2016/42
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 18 އޮކްޓޫބަރު 2016 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ފާޚާނާތަކާއި ބޯފެން ރައްކާކުރާ ހަންތަކުގެ މަތީ ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލްގެ ދަރިވަރުންގެ ފާޚާނާތަކާއި ބޯފެން ރައްކާކުރާ ހަންތަކުގެ މަތީ ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6560570/ 6561807 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 މުޙައްރަމް 1438

13 އޮކްޓޫބަރު 2016