ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ އެޗްއާރްގެ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި އެޗްއާރ ސޮފްޓްވެއަރއެއް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)142-A1/1/2016/131 ޢިއުލާނާ ގުޅިގެން ބޭއްވުނު މަޢުލޫމަތު ދިނުމުގެ ސެޝަނުގައި މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޕްރީބިޑްމީޓިންގާއި ބިޑް ހުށަހެޅުމުގެ ތާރީޚު:
ހަރަކާތް |
ތަން |
ތާރީޚު |
ގަޑި |
ޕްރީބިޑް މީޓިންގ |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
18 އޮކްޓޫބަރު 2016 |
10:00 |
ބިޑް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
23 އޮކްޓޫބަރު 2016 |
11:00 |
މަޢުލޫމާތު ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ނަންބަރު ފޯނަށެވެ.
11 މުޙައްރަމް 1438