މަސައްކަތް
ނަންބަރު: (IUL)22-PU/1/2016/235
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 18 އޮކްޓޫބަރު 2016 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ދެ އެޖެންސީ ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ދެ އެޖެންސީ ހޯދުމަށް ބޭނުންވެއްޖެ

ސަރުކާރު ސްކޫލްތަކަށް 2017 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ދެ އެޖެންސީ ހޯދުމަށް ބޭނުންވެއްޖެއެވެ.

(1) ރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލްތަކަށް 2017 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ދެ އެޖެންސީ ހޯދަން ބޭނުންވެއްޖެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ފުރިހަމަވާ ހުރިހައި ފަރާތްތަކަށް ހުޅުވާލަމެވެ.

(2) ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 13 އޮކްޓޫބަރު 2016 އިން 17 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 12:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭ 8 ވަނަ ފަންގިފިލާ) އިންނެވެ.

(3) ޕްރީ ބިޑް މީޓިންގ އޮންނާނީ 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 13:30 ގައި މީޓިންގ ރޫމް 1 (ވެލާނާގެ، 09 ވަނަ ފަންގިފިލާ) ގައެވެ.

(4) ބީލަން ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 13:30 ގައި މީޓިންގ ރޫމް 1 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

12 އޮކްޓޫބަރު 2016