ދިވެހިރާއްޖެ
އިޢުލާން
ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީގެ ޓަވަރު މަރާމާތުކުރުމާއި ކަރަންޓް ވަޔަރުކުރުމާބެހޭ
މޯލްޑިވްސް ކްލައިމެޓް އޮބްޒަރވޭޓްރީ ހަނިމާދޫގެ ސައިންޓިފިކް އާލާތްތައް ބެހެއްޓިފައިވާ 52.5 ފޫޓުގެ އުސް ދަގަނޑު ޓަވަރު މަރާމާތުކުރުމާއި މި ޓަވަރުގެ ކަރަންޓް ވައިރު ރަނގަޅުކުރުމަށް ބޭނުންވެގެން ފުރަތަމަ ކުރެވުނު ނަންބަރު: MMS-A/2016/42 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ 13:00 ގައި ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 ގައި ހދ.ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
10 މުޙައްރަމް 1438