ދިވެހިރާއްޖެ
އިޢުލާނު
ކަރބަންލެސް ޕޭޕަރ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާއަށް ކަރބަންލެސް ޕޭޕަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 118/(A)AB-2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ގަޑި |
ދުވަސް |
ތާރީޚު |
ތަފުސީލު |
11:00 |
އަންގާރަ |
18 އޮކްޓޫބަރު 2016 |
މަޢުލޫމާތުސާފުކުރުން |
11:00 |
ހޯމަ |
24 އޮކްޓޫބަރު 2016 |
އަންދާސީހިސާބު ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
10 މުޙައްރަމް 1437