ދިވެހިރާއްޖެ
އިޢުލާނު
ސަރވާރ ރޫމް ކަރަންޓު މައްސަލަ ޙައްލުކުރުން
މި ކޮމިޝަނު އިދާރާގެ ސާވަރ ރޫމުގެ ކަރަންޓް މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަންބަރު: A)AB-2016/132) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތުން ކަމަށްވެފައި، އެ ފަރާތުން ހުށަހަޅާފައިވާ އަންދާސީހިސާބު ކޮމިޝަނުގެ ރިކުއަރމަންޓަށް ނުފެތޭތީ، އެ އަންދާސީހިސާބު ބާޠިލުކޮށްފީމެވެ. އަދި އެ ޚިދުމަތް މި ކޮމިޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ތަފްސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
18 އޮކްޓޫބަރު 2016 |
އަންގާރަ |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
24 އޮކްޓޫބަރު 2016 |
ހޯމަ |
14:00 |
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާއ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
10 މުޙައްރަމް 1437