މަސައްކަތް
ނަންބަރު: (IUL)451-FP/1/2016/37
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 17 އޮކްޓޫބަރު 2016 00:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 3 ގެ (ގްރޭޑް 8 ގެ) ހިސާބު މުދައްރިސުންގެ ފޮތުގެ މަސައްކަތް ސްޕަވައިޒްކޮށް ފޮތް ރިވިއު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 3 ގެ (ގްރޭޑް 8 ގެ) ހިސާބު މުދައްރިސުންގެ ފޮތުގެ މަސައްކަތް ސްޕަވައިޒްކޮށް ފޮތް ރިވިއު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

 2016 އޮކްޓޫބަރު 17 ވަނަ ދުވަހުގެ 11:00 އަށް

2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 ނަންބަރު ފޯނާއެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016