ވަޒީފާގެ ފުރުޞަތު
ނަންބަރު: A-MAI/IUL/2016/41
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 23 އޮކްޓޫބަރު 2016 14:30
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެދަށުން ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ފޯމަން

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3875 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމަށް  ބޭނުންވާާ  ތަމްރީނެއް/  ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މަދަރުސާގެ ގޯތިތެރެއާއި، އިމާރާތާއި، އަދި ގޯތިތެރެއާއި އިމާރާތުގައިވާ ތަކެތި ދެނެގަނެ، އެތަންތަނާއި ތަކެތި ބެލެހެއްޓުމުގައި ޒިންމާއުފުލުން

2. ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.

3. މަދަރުސާގެ އިމާރާތްތަކުގައިވާ ހަލާކުވާ ތަކެތީގެ ތަފުސީލާއި އިމާރާތުގެ ތަންތަން މަރާމާތްކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތީގެ ތަފުސީލު ހިސާބު އެޑްމިނިސްޓްރޭޓަރ ނުވަތަ އެއިރަކު އިދާރީ ސެކްޝަން ބަލަހައްޓަވާ އިސްމުވައްޒަފަކަށް ލިޔުމުން ހުށަހެޅުމާއި، މެއިންޓަނަންސް ކަންތައްތައް ބަލަހައްޓާ މީހާއަށް އަންގައި އެކަން ބެލެހެއްޓުން.

4. މަދަރުސާގެ ކަރަންޓާއި ބޯފެނާއި، މޯޓަރުތަކާއި، މީޓަރުތަކާއި، ސައުންޑް ސިސްޓަމް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.

5. މަދަރުސާގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއިި، އޮފީހުގެ ނުރަސްމީ ގަޑިތަކުގައި ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ސުޕަވައިޒަރުން އެދޭކަންކަމުގައި އެހީތެރިވެދީ ބައިވެރިވުން.

6. މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުކުރެވިފައިވާ ފަރާތުން އެކަންކުރާގޮތް ބަލައި، ފާހަގަކުރެވޭ ކަންކަން ނޯޓުކޮށްގެން އެޑްމިނިސްޓްރޭޓަރަށް މަޢުލޫމާތު ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.

2. އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިންސަންސް އޮތް ފަރާތެއްކަމުގައިވުން.

3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

ހ. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ 2014 ގެ ޖަދުވަލު 7 ގައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ ރިސެޕްޝަނަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޗާނދަނީމަގު) އަށް، ވަޒީފާއަށްއެދޭ ފޯމާއި، މަތީގައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016