ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2016/51
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 20 އޮކްޓޫބަރު 2016 00:13
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ޑިޕާޓްމަންޓްގެ ތިރީގައި މިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ.އެސް 3 (ޖެނެރަލް ސަރވިސް 3)

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، މާލެ

ރަސްމީ މަސައްކަތު ގަޑި:

8:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ހެރިޓޭޖް ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. ދިވެހިރާއްޖޭގެ ސަޤާފީ އަދި އާސާރީ ތަރިކައިގެ ލިސްޓު މުރާޖާޢާކުރުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން.
  3. ސަޤާފީ އަދި އާސާރީ ތަރިކައާބެހޭ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  4. ސެކްޝަނަށް އަންނަ އަދި ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
  5. އާސާރީ ސަރަޙައްދުތަކާއި، އާސާރީ މިސްކިތްތައް ފަދަ ތަންތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރުމާއި މި ތަންތަން ގިނަ ދުވަހަށް ދެމިހުންނާނޭ ގޮތުގެ މަސައްކަތް ކުރުން.
  6. ހެރިޓޭޖް ސެކްޝަން/ޔުނިޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރާ ކަރުދާސް ފަދަ ތަކެތި ތައްޔާރު ކުރުމުގައި އިދާރީގޮތުން އެހީތެރިވުން.
  7. އާސާރީ ތަންތަން ބެލެހެއްޓުމުގެ ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  8. ދިވެހީންގެ މާއްދީ އަދި މައުނަވީ ތަރިކަ ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ރައްކައުތެރިކޮށް މިކަމާމެދު ދިވެހީން ހޭލުންތެރިކުރުމަށް ތަރިކައާ ގުޅޭ ފޮތް، ސީޑި ފަދަ ތަކެތި ތައްޔާރުކުރުމަށްޓަކައި ހޯދަންޖެހޭ މަޢުލޫމާތު އެއްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  9. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
މަޤާމް :އެސިސްޓެންޓް ކިއުރޭޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓެންޓް ކިއުރޭޓަރ

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ނެޝަނަލް މިއުޒިއަމް ސެކްޝަން

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ.މާލެ

ރަސްމީ މަސައްކަތު ގަޑި:

10:00 އިން 16:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: މިއުޒިއޮލޮޖީ، ކިއުރޭޓަލް ސްޓަޑީސް، މިއުޒިއަމް މެނޭޖްމަންޓް، ކަލެކްޝަން މެނޭޖްމަންޓް، މިއުޒިއަމް ސްޓަޑީސް، މިއުޒިއަމް ކޮމިއުނިކޭޝަން، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ހިސްޓްރީ، ކަލްޗަރ، ދިވެހިބަސް، މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން، އާޓިފެކްޓްސް ސްޓަޑީސް، މިއުޒިއޮލޮޖީ އެންޑް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިބަހުންނާ އިނގިރޭސިބަހުން މަޢުލޫމާތު ދީ ގައިޑް ކޮށްދިނުން.

2. މިއުޒިއަމަށް ޓިކެޓު ކަނޑައިގެން ވަންނަންޖެހޭ ފަރާތްތައް މިއުޒިއަމަށް ވަންނަނީ ޓިކެޓް ލިބިގެންތޯ ޗެކްކުރުމާއި މިއުޒިއަމް ހުޅުވާފައި ހުންނަ ގަޑިތަކުގައި ވަދެ އުޅޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުން.

3. މިއުޒިއަމަށް ވަދެ އުޅޭ މީހެއްގެ ފަރާތުން މިއުޒިއަމްގައި ހުންނަ އެއްވެސް އެއްޗަކަށް ގެއްލުން ލިބިއްޖެނަމަ އަދި ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ހުރެއްޖެކަމަށް ފާހަގަވާނަމަ އެކަމެއް ސްޕަވައިޒަރަށް ރިޕޯރޓް ކުރުން.

4. މިއުޒިއަމް ހުޅުވާފަ ހުންނަންޖެހޭ ގަޑިއަށް ޑިސްޕްލޭ ހޯލްގެ ލައިޓްތަކާ އޭސީތައް ޖެއްސިފައިހުރިތޯ  ބެލުމާއި، ބަންދުކުރާއިރު ލައިޓްތަކާއި އޭސީތައް ނިއްވައި ދޮރުތައް ބަންދުކުރެވިފަ ހުރިތޯ ޗެކްކުރުން.

5. މިއުޒިއަމަށް ޒިޔާރަތްކުރަން ބޭނުންވެގެން އެދި ފޮނުވާ ސިޓީ/ލިޔުންތަކަށް ޖަވާބު ތައްޔާރުކުރުމާއި  ޒިޔާރަތްކުރާ ފަރާތްތަކަށް މަރުހަބާކިޔުމަށް ކުރަންޖެހޭ ތައްޔާރީތައްކޮށް ޝެޑިއުލް ތާވަލުކޮށް ބެލެހެއްޓުމާއި އަންގަންޖެހޭ ފަރާތްތަކަށް ހަމަޖެހުނުގޮތް އެންގުން.

6. މިއުޒިއަމްގައި ހުންނަ ތަކެތި ބެލެހެއްޓުމާއި ޑިސްޕްލޭގައި ހުންނަ ތަކެތި އެތުރުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންކަން ކުރުން.  

7. ޑިސްޕްލޭގައިވާ ތަކެތީގެ މަޢުލޫމާތުދިނުމަށް ބަހައްޓާ ލިޔުންކޮޅުތައް ތައްޔާރުކޮށް ނެރުމާއި ލިޔުންތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އައުކުރުން.

8. އޮފީހުގެ މަސައްކަތު މީހުން ލައްވާ މިއުޒިއަމްގައި ހުންނަ ތަކެތި ސާފުކުރުވުން.

9. މިއުޒިއަމަށް  ޒިޔާރަތްކުރާ  ފަރާތްތަކުގެ ޢަދަދު ދުވަހުން ދުވަހަށް ބެލުމާއި މަސް ނިމުމުން ޒިޔާރަތްކުރި ފަރާތްތަކުގެ ރިޕޯރޓް ހެދުން.

10. ލީފްލެޓް ހެދުމަށް ލިޔުންތައް ލިޔުމާއި ލީފްލެޓަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުން.

11. މިއުޒިއަމްގައި މައުރަޒުތައް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން.

12. މިއުޒިއަމްގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް  އަޕްޑޭޓްކޮށް  މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމާއި ތަކެތީގެ ފޮޓޯނަގައި ފޮޓޯ  އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

13. އެގްޒިބިޓް  ކުރެވިފައި ހުންނަ ތަކެއްޗާއި ސްޓޯރޭޖްގައި ހުރި ތަކެތީގެ ލޮކޭޝަންތައް އެނގޭގޮތަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

14. މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފޮޓޯނެގުމާއި ވީޑިޔޯކުރުމާއި އޮބްޖެކްޓް ޑޭޓާބޭސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

15. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓުގައި އަޕްލޯޑް ކުރެވިފައިވާނެ، މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން: www.csc.gov.mv ޑައުންލޯޑް ކުރެވޭނެ).

2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/ މަސް/ އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައި).

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި).

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓުގައި އަޕްލޯޑް ކުރެވިފައިވާނެ).

އިންޓަވިއުކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަނާއި، އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން

  • މަސައްކަތުގެ ތަޖުރިބާ

  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި ލިޔުމަކުން އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:50 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށް

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

10 އޮކްޓޫބަރު 2016