ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/IUL/2016/38
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 20 އޮކްޓޫބަރު 2016 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ޑިވިޜަން:

އިދާރީ، އިންނަމާދޫ ސްކޫލް

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ އަސާސީ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ސްކޫލުގެ ބަޖެޓް ބެލެހެއްޓުމާއި، މެނޭޖްކުރުމާއި، ބަޖެޓާ ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމަކޮށް ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަޝްވަރާގެމަތިން، އެތަކެތި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، ރައްކާތެރިކަމާއެކު އެ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

2. ސްކޫލުގެ ތިޖޫރީ ރިޕޯޓާއި، އެކައުންޓާއި ފަންޑުތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، އެ ތަކެތީގެ ރިޕޯޓުތައް ތައްޔާރުކޮށް ފައިލުކޮށް ރަނގަޅަށް ބެލެހެއްޓުން.

3. ސްކޫލަށް ހޯދަން ބޭނުންވާ މުދަލާއި، ޚިދުމަތަށް ބޭނުންވާ އޯޑަރު ފޯމާއި، ކޯޓޭޝަނާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެފަދަ ލިޔެކިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.

4. ސްކޫލަށް ލިބޭ ފައިސާގެ ރަސީދު ތައްޔާރުކުރުމާއި،  ބިލް އެންޓްރީއަށް ބިލުތައް އެންޓަރކުރުމާއި، ބިލުތަކަށް ފައިސާދެއްކުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބިލުތަކަށް ފައިސާދެއްކުމާއި، އެފަދަ ލިޔެކިޔުންތަކުގެ ރިކޯޑު ރަނގަޅަށް ބެލެހެއްޓުން.

5. ސްކޫލަށް ލިބޭ ފައިސާގެ ޗެކުތަކާއި، ސްކޫލުން ދޫކުރާ ފައިސާގެ ޗެކުތަކާއި، ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ވައުޗަރުތަކާއި، އެތަކެތީގެ ރަޖިސްޓްރީއާއި، ޗެކުތަކުގެ ރަޖިސްޓްރީތައް ބަރާބަރަށް ލިޔެ، އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.

6. ސްކޫލުން ބާއްވާ ބިޑު އިވެލުއޭޝަންތަކާއި، ބަޖެޓާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގައި ސްކޫލުގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން ބައިވެރިވެ އެހީތެރިވެދިނުން.

7. ސްކޫލުން ފަރާތްފަރާތަށް ފައިސާދެއްކުމަށާއި/ ބޭންކުން ފައިސާނެގުމަށް ލިޔަންޖެހޭ ޗެކުތައްލިޔެ، އެ ޗެކުތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވުން.

8. ސްކޫލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް ފައިސާ މަހުންމަހަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.

9. ސްކޫލުން ބޭންކަށް ޖަމާކުރާ ފައިސާއާއި، އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއްކޮށް އެފަރާތްތަކަށް ފައިސާ ދެއްކުނުކަން ކަށަވަރުކުރުމާއި، އެފަދަ މުޢާމަލާތްތަކުގެ ރިކޯޑު ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުން ގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އިންނަމާދޫ ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ ޕޮއިންޓްލިބޭ ފަރާތަށް ވަޒީފާ ހަމަޖައްސަވައިދެއްވުންއެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580359 ނަންބަރު ފޯނާއެވެ.  

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016