މަސައްކަތް
ނަންބަރު: GS123/IUL/2016/42
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 27 އޮކްޓޫބަރު 2016 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ކަރަންޓް މައްސަލަ ޙައްލުކުރުން

އިޢުލާން

ފައުންޑޭޝަން ކުލާހުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުން

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ މި ދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ސްކޫލުގެ ފައުންޑޭޝަންކުލާހުގެ ކަރަންޓްވައިރިންގ ރަނގަޅުކުރުމާއި، ލައިޓްތަކުގެ މައްސަލަ ޙައްލުކުރުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ފަދަ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016