މަސައްކަތް
ނަންބަރު: GS123/IUL/2016/39
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 19 އޮކްޓޫބަރު 2016 13:30
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކްލާސްރޫމުތަކުގައި ހުރި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ކްލާސްރޫމުތަކުގެ ކުދި ދޮރުފަތްތަކުގެ ތަންޑު ބަދަލުކުރުން.
  2. ފީވެފައި ހުރި 2 ކުޑަދޮރު އައު ކުޑަދޮރަށް ބަދަލުކުރުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 1:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ފަދަ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

10 މުޙައްރަމް 1438 

11 އޮކްޓޫބަރު 2016