ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)322-A/322/2016/41
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 24 އޮކްޓޫބަރު 2016 13:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ 

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރުދުވަހަށް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އޮފީސް / އިދާރާ:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް (A ސެކްޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

އުޖޫރައާއި ޢިނާޔައްތައް:

އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އޮފީސް ހުޅުވައި ލެއްޕުން.

2. ވިހާ، މަރުވާއާބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި، އައިޑީ ކާޑް ހެއްދުމާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

3. ރަށުތެރެ ސާފުކުރުމާބެހޭ ކަންތަކާއި، ރަށުފެންވަރުގައި ކުނި ނައްތައިލުމުގެ ކަންކަން ބެލެހެއްޓުން.

4. ހުކުރު ނަމާދާއި، ޢީދު ނަމާދުކުރުމުގެ ކަންކަން ބެލެހެއްޓުން.

5. އުފަންދުވަހުގެ ސެޓުފިކެޓާއި، އުފަންވާމީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.

6. އިމްޕޯޓް ހުއްދަ ދޫކުރުމާއި، ސަލާމަތީ ސެޓުފިކެޓާއި، ސާފުތާހިރުކަމުގެ ސެޓުފިކެޓު ދޫކުރުމުގެ ކަންތައް ބެލެހެއްޓުމާއި، ޓްރާންސްޕޯޓާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ވިޔަފާރި ރަޖިސްޓްރޭޝަންގެ އެންމެހައި ކަންކަން ބެލެހެއްޓުން.

7. ލިބޭ މެސެޖާއި، ސިޓީފަދަ ތަކެތި އެންޓަރކޮށް، ސެކްޝަންތަކާ ހަވާލުކުރުން.

8. ދުވަހުން ދުވަހަށް، މަހުން މަހަށް ފޮނުވަންޖެހޭ ވިހާ މަރުވާއާބެހޭ ރިޕޯޓްތަކާއި އެހެނިހެން ރިޕޯޓްތައް މުއްދަތަށް ފޮނުވުން.

9. ފައިލްކުރުން.

10. ގޯތިގޯއްޗާއި މަގުމަގަށް އަރާ ރުއްގަހާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުން.

11. ހުށަހެޅޭ މައްސަލްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.

12. މީގެ އިތުރުންވެސް، އެވަގުތެއްގައި އޮފީސް ހިންގަވަން ހުންނަވާ ވެރިއެއް އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.        

2. ލިބިފައިވާ ތަޖުރިބާ.

3. އިންޓަވިއު.

އިންޓަވިއު ކުރުން:

އިންޓަވިއު އޮނަނާނެ ތާރީޚާއި، ތަނާއި، ގަޑި، އިންޓަވިއު ބާއްވާ ދުވަހުގެ 2 ދުވަހުގެ ކުރިން، ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮކްޓޫބަރު 24 ވަނަދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. މި މަޤާމަށް އެދެންވާނީ ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާ އެކުގައިވާ)

3- ސިވިލް ސަވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6600007 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016