ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބަގީޗާ ގަސްތައް ބެލެހެއްޓުމަށްޓަކައި 2 ނާސަރީއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL)142-A1/1/2016/123 ނަންބަރު އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކުރައްވަން އެދިލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ.
ޕްރީބިޑް މީޓިންގއާއި ބިޑް ހުށަހެޅުމުގެ ތާރީޚު:
ހަރަކާތް |
ތަން |
ތާރީޚު |
ގަޑި |
ޕްރީބިޑް މީޓިންގ |
މިނިސްޓްރީގެ މީޓިންގ ރޫމް - 01 |
16 އޮކްޓޫބަރު 2016 |
10:00 |
ބިޑް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގ ރޫމް - 01 |
20 އޮކްޓޫބަރު 2016 |
11:00 |
މަޢުލޫމާތު ސެޝަނަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 އަށެވެ.
09 މުޙައްރަމް 1437