ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތް ކުރުން
ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)387/387/2016/70 (12 ޖުލައި 2016) އިޢުލާނާއި، ނަންބަރު (IUL)387/387/2016/77 (7 އޮގަސްޓު 2016) އިޢުލާނާއި، ނަންބަރު (IUL)387/387/2016/86 (22 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ ކުރަންޖެހޭ މަސައްކަތްތަކަށް ބައެއް ބަދަލު ގެނެސް، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 8:30 އިން ފެށިގެން 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 13:00 އާ ދެމެދު މި އިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 23 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 20 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓުގެ އަގަކީ -/15 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
10 މުޙައްރަމް 1438