މަޤާމު: މަސައްކަތު
|
ބޭނުންވާ އަދަދު 3
|
މަޤާމުގެ ކުލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް 1
|
ވަޒީފާގެ ބާވަތް: ދާއިމީ
|
މަޤާމުގެ ރޭންކް: SS1
|
މަޤާމުގެ މުސާރަ: މަހަކު -/3100 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން: އދ. ހަންޏާމީދޫ ސްކޫލް
|
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
|
ޝަރުޠު: ތިރީގައިވާ ޝަރުޠު ހަމަވެފައިވުން
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.
- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
އުޖޫރައާއި ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
- ސްކޫލާ އިންވެގެންވާ ސަރަޙައްދު (މަގުމަތި) އާއި، ސްކޫލޫގެ ގޯތިތެރެއާއި ގޯތިތެރޭގައިވާ އެންމެހައި ތަންތަން ކުނިކަހައި ފޮޅައި ސާފުކުރުން
- ސްކޫލުގެ އިމާރާތްތަކުގެ ދޮރާއި ދޮރުފަތްތަކާއި، ބިއްލޫރިތައް ފޮހެ ސާފުކުރުން.
- ސްކޫލުގެ ގޯތިތެރޭގައިވާ ވިނަތައް ނޮޅައި، ގަސްތައް ކޮށައި، ހަމަޖެހިފައިވާ އުސޫލުން މަދަރުސާގައި އުފެދޭކުނި ނައްތާލުން.
- ޖަލްސާ ބައްދަލުވުން ފަދަ ކަންކަމަށް ހޯލާއި ގޯތިތެރެ ތަރުތީބު ކުރުމާއި، އެ ރަސްމިއްޔާތެއް ނިމުމާއެކު ކިޔަވައިދެވޭނެހެން ކްލާސްތައް ތަރުތީބުކުރުން.
- ވާރޭފެން ނެގުމަށް ކަނޑައަޅާފައިވާ އިމާރާތްތަކުގެ ފުރާޅު ދޮވެ ސާފުކޮށް ވާރޭވެހޭއިރު ބޯފެން ނެގުން.
- މަދަރުސާގެ ގޯތިތެރެއަށް ދޫކޮށްލެވިފައިވާ ފަރުނީޗަރާއި، ކުޅޭސާމާނާއި އެހެނިހެންތަކެތި ނަގައި ގުދަންތަކުގައި ތަރުތީބުން ރައްކާކުރުން.
- ކްލާސްރޫމްތައް ހުޅުވުމާއި ތަޅުލުން، އަދި އޮފީހާއި ސްޓާފްރޫމުގެ ކުޑަދޮރުތައް ހުޅުވުމާއި ލެއްޕުން.
- މަދަރުސާގެ ބޭނުމަށް ތަންތަނަށް ފޮނުވަންޖެހޭ ތަކެއްޗާއި ގެންނަންޖެހޭ ތަކެތި ގެންގޮސް ގެނައުން.
- ސްކޫލުގެ ދިއްލުންތަކާއި ފަންކާތައް ހަލާކުވެފައި ހުރިނަމަ، އެކަން އެޑްމިން ސްޓާފުންގެ ސަމާލުކަމަށް ގެނެސް، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
- ސްކޫލުގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުން.
- ސްކޫލުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްވިޕްމަންޓް، އޮފީހުގެ ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކު ފުހެ ސާފުކުރުން.
- ސްކޫލުގެ ދިދަނަގައި ތިރިކުރުން.
- ހަވާލު ކުރެވިފައިވާ ޒިންމާތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއެކު، އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި އެމުވައްޒަފެއްގެ މަސައްކަތުގެ ޒިންމާތައް ހަމަޖެހިފައި އޮންނަ އުސޫލުން އަދާކުރުން.
- ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް.
ހ. ތަޢުލީމާއި ތަމްރީނު
ށ. މަސައްކަތުގެ ތަޖުރިބާ
ނ. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން 2016 އޮކްޓޫބަރު 20 އާއި 2016 އޮކްޓޫބަރު 26 އާ ދެމެދުގެ ދުވަހެއްގައި ބޭއްވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ.)
- ށ- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މަތީގައިވާ ލިޔުންތަކާއެކު 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 11:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިގައި 6680837 އަށެވެ.
9 މުޙައްރަމް 1438
|