ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2016/120
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 20 އޮކްޓޫބަރު 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޑިރެކްޓަރ (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

ޑިރެކްޓަރ (ދާއިމީ)

ބޭނުންވާ އަދަދު:  1

މުސާރަ:

މަހަކު -/8835 ރުފިޔާ 

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ  

އޮފީސް

 ކީރިތި ޤުރްއާނާބެހޭ މަރްކަޒު

ސެކްޝަން:

އެޑްމިން ސެކްޝަން

ކްލެސިފިކޭޝަން

ޑިރެކްޓަރ

ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތް:

  1. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް އަދި ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަންގެ ވެރިންނަށް ލަފައާއި އިރުޝާދު ދީގެން އެ ދެ ސެކްޝަނުން ހިންގާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުން.
  2. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމާއި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާސަނަލް ފައިލުތައް ބެލެހެއްޓުމާއި، އެޕްރައިޒަލް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
  3. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަން ހިންގަވާ ވެރިންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން. އަދި އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ވެރިންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް، އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.
  4. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް، އިތުރަށް ޚިދުމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  5. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަންގެ އަހަރުރިޕޯޓުގެ ޑްރާފްޓް އެކުލަވައިލުން.
  6. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ ފައިސާ، ކުރިއަށް އޮތް އަހަރަށް ބަޖެޓްކުރުމަށްޓަކައި އަންދާޒާ ބަޖެޓް ތައްޔާރުކޮށް، ފައިނޭންސް ސެކްޝަނަށް ފޮނުވުން.
  7. މި މަރްކަޒުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ބެލެހެއްޓުން.
  8. މުވައްޒަފުންގެ ކުރިއެރުވުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނެގޮތްތައް ހޯދުމާއި، މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުން.
  9. ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ކަންތައްތަކާއި މަސައްކަތްތައް ބެހިފައި ހުރިތޯ ބަލައި، އެކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުމާއި، އެކަންކަމަށް މަރުކަޒުގެ މުވައްޒަފުން ޢަމަލުކުރާކަން ކަށަވަރުކުރުމާއި، އެކަންކަމުގައި މުވައްޒަފުން އަހުލުވެރިކުރުވުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ
  • ސަރވިސް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދްމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. އަމިއްލަ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުން.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން، މަތީގައި ބަޔާންކުރެވުނު ތަކެތި މި މަރުކަޒަށް ހުށަހެޅުއްވުން އެދެން.

އިންޓަވިއު އޮންނާނެ ތާރީޚު

2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މި މަރުކަޒުން ކަނޑައަޅާ ކްރައިޓީރިއާއެއްގެދަށުން 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3019303 ، 3019304 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3335086 އެވެ. މި އިޢުލާނާ ގުޅިގެން މި މަރުކަޒުގެ ނަންބަރު: (IUL)160-A/1/2016/119 (10 އޮކްޓޫބަރު 2016) އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
11 އޮކްޓޫބަރު 2016